Tuesday, December 25, 2007
Wednesday, December 5, 2007
!! ކާކު ދިން ލަނޑެއްބާ
މިގޮތިން، ޓޮމާޓޯ އަށް ދިވެހިބަހުން ކިޔަނީ ވިލާތު ކުންނާރުކަންވެސް އަޅުގަނޑަށް އެނގުނީ މިޕްރޮގްރާމުންނެވެ. އަދި އަޅުގަނޑު ހަނދާންވާގޮތުން މީގެތަންކޮޅެއްކުރިން ކަޅުހުއްތު މޭވާ އަށް މިނަންދެވުނީ ކިހިނެއްކަންވެސް މިޕްރޮގްރާމުން އަޅުގަނޑުމެއް ޢަންމުންނަށް އޮޅުންފޮލުވާދީފައިވެއެވެ. ހޭޔަންބޯގެ ރިޕޯޓުބުނިގޮތުގައި މިމީރު މޭވާއަށް ކަޅުހުއްތު މޭވާއޭ ކިޔުނީ މިމޭވާ ރާއްޖެ އެންމެ ފުރަތަމަ އެތެރެކުރީ ކަޅުހުއްތު ކިޔާ މީހެއްކަމުގައިވާތީއެވެ. މިއީ ހަމަ ހަގީގަތްކަމުގައިވެސް ވެދާނެއެވެ. ނޫނީ، މިއީ މައްޝޫރު ރަންނަމާރި ވާހަކަ ކަހަލަ ކަމެއްބާއެވެ
ބުނެވޭގޮތުގައި ދިވެހިންނަކީ ޒަމާނުންސުރެ، ސްރީލަންކާއާދެމެދު ވިޔަފާރީގެގޮތުން ވަރަށް ގާތްބައެކެވެ. ރާއްޖެ އިނގިރޭސިންގެ އިސްތިއުމާރުގެދަށުގައި އޮތްދުވަސްވަރު ދިވެހިންނަށް އިނގިރޭސިންގެ ފަރާތުން ލިބޭ ބައެއްކަހަލަ ފޮތި، އަންނައުނު، ޗުއިންގަމް ފަދަ ތަކެތި ސްރީޅަންކާއަށް ގެނެސް ވިއްކުން މީ އޭރު ދިވެހިން ކުރަމުންގެންދިއަ ވިޔަފާރިއެކެވެ. އަދި މީގެއިތުރުން ހިއްކި މަހާއި ލޮނުއެޅިމަސްވެސް ސްރީލަންކާއަށް ވަރަށް ރަނގަޅު އަގުގައި ވިކުނު ކަމުގައިވެއެވެ. އަދި މިތަކެތީގެ އަގެއްގެ ގޮތުގައި ފައިސާގެއިތުރުން، ސްރީލަންކާގައި އުފައްދާތަކެތިންވެސް އަޅުގަނޑުމެންނަށް އެމީހުން އަގުއަދާކުރިއެވެ. ކަރަންފޫ، ހަނޑޫ، ފުށް އަދި އެކި ބާވަތް ބާވަތުގެ މޭވާފަދަ ތަކެތި ސްރީލަންކާއިން ދިވެހި ބޯޓު ފަހަރުގައި ރާއްޖެ ގެންދިޔައެވެ
އަޅުގަނޑަށް ލަފާކުރެވޭގޮތުގައި އަޅުގަނޑުމެންގެ ކަޅުހުއްތު މޭވާވެސް މިއީ މިކަހަލަގޮތަކަށް ރާއްޖެ ގެންދެވިފައިވާ އެއްޗެއްކަމުގައިވެސް ވެދާނެއެވެ. ކަޅުހުއްތު މޭވާ. މިމޭވާއަކީ ސްރީލަންކާގެ މީހުން ވިހައެކޭކިޔައި އުކާލާއެއްޗެކެވެ. މިފަދަ ދަށުދަރަޖައިގެ އެއްޗަކަށް މިވެރިން ކޮންމެފަދަ ނަމެއްވެސް ކިޔާފާނެތާއެވެ. މިމޭވާއަށް ސިންގަޅަބަހުން ކިޔާނަން ހޯދުމަށް ދެމީހެއްގެ ކައިރީގައި އަހާލީމެވެ. ދެމީހުން ކީ ދެނަމެވެ. އެކަކު ބުނި ގޮތުގައި މިޔައްކިޔަނީ ރާވަލަ އެވެ. ތިންވަނަ މީހެއްގެ ކައިރީގައި އަހާލުމުން، މީ ކޮންއެއްޗެއްކަންވެސް އެނާއަށް ނޭގުނެވެ. ކޮންމެއަކަށް މިއޮތީ ކޮންމެވެސް މީހަކު ލަގާއެއް ދީފަތާއެވެ. ހަމަގައިމުވެސް ކަޅުހުއްތު މީކީ ސިންގަޅަބަހުން މިމޭވާއަށް ކިޔާ ނަމެއް ނޫނެވެ. ސިންގަޅަބަހުން ކަޅު މިއީ ހަމަ ކަޅުކުލައަށް ކިޔާނަމެވެ. ނަމަވެސް ހުއްތު، މިއީ އަންހެނާގެ ކުރިމަތީ ފަރާތަށް ކިޔާނަމެވެ. ކަޅުހުއްތު މޭވާ ގެނަން ސިންގަޅަބަހުން ބުނަނީނަމަ އެއީ، ކަޅު (އަންހެހުންގެ) ކުރިމަތިފަރާތް މޭވާ އެވެ
އަޅުގަނޑަށް ހީވަނީ ހޭޔަންބޯގެ ރިޕޯޓުގައި ބުނެފައިވާގޮތުގެ ބަދަލުގައި، ކަޅުހުއްތު މޭވާ ރާއްޖެއަށް ގެންދިޔަ މީހާއަށް ވަނަމެއްގެ ގޮތުން ކަޅުހުއްތު ކިޔުނީކަމަށެވެ. ކޮންމެއަކަސް، ރަންނަމާރި ވާހަކައިގެ ހަޤީގަތެއްވެސް ނޭނގޭތާއެވެ. މިވެސް ހަމަ އެކަހަލަ ކަމެކެވެ. އެކަމަކު، ނަމަ ނަމަ، ގޭގައި މަސައްކަތްކުރަން އުޅޭ ސްރީލަންކާގެ މަސައްކަތު މީހާގާތުގައި ކަޅުހުއްތު މޭވާ ގަންނަން ނުބުނައްޗެވެ
Tuesday, December 4, 2007
Rise of the ‘Administrator’
His glory days will once again be regained. His rightful place as the Top Man will be bestowed.
Brace yourselves. The Administrator is coming for you. There is no escaping the inevitable……. Justice will prevail……….. Order will be restored.
This New Year, a Hero will rise................
Releasing office wide………. JANUARY 2008